ބޮލީވުޑް

އެބީސީޑީ 3 ގައި ވަރުން އަދި ކެޓްރީނާ، ޝޫޓިން އޭޕްރީލްގައި

ނެށުމަށް ހާއްސަކޮށްގެން ނެރޭ ފިލްމް އޭބީސީޑީ ގެ ތިން ވަނަ ބައި ގެ ޝޫޓިން އަންނަ އަހަރުގެ އޭޕްރީލްގައި ފަށާނެ ކަމަށް އިއުލާން ކޮށްފިއެވެ.

ކެޓްރީނާ ކައިފް އަދި ވަރުން ދަވަން ލީޑް ރޯލުން ފެނިގެން ދާ މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ މަޝްހޫރު ކޮރިއޯގްރާފާ ރެމޯ ޑި ސޫޒާ އެވެ. ފިލްމުގެ ޝޫޓިން މި އަހަރު ފަހުކޮޅު ފަށާ ގޮތަށް އޮތް ނަމަވެސް މިހާރު ވަނީ އެ ތާރީޚު ބަދަލުވެފައެވެ.

ވަރުން ވަނީ ފިލްމުގެ ދެވަނަ ބައިގައިވެސް ލީޑު ރޯލު ކުޅެފައެވެ. އޭބީސީޑީ ދޭއްގައި ވަރުންއާ އެކު ބަތަލާއަކަށް އުޅުނީ ޝްރައްދާ ކަޕޫރެވެ.

އޭބީސީޑީ ތިނެއްގައި ކެޓްރީނާއާއި އެކު އަދި އެއް ބަތަލާ އުޅޭނެ ކަމުގެ އަޑު ފެތުރިފައި ވިއަސް އަދި އެއީ ކޮން ބަތަލާއެއް ކަމެއް އެނގިފައެއް ނުވެއެވެ.

ބޮޑު ބަޖެޓަކުން ހަދާ މި ފިލްމުގެ ޝޫޓިން އިންޑިއާ އާއި ލަންޑަންގައި ކުރިޔަށް ގެންދަން ވަނީ ނިންމައިފަ އެވެ.