ރާއްޖޭގެ ދީނީ ޖަަމިއްޔާތަކާ އެކު ވީހާވެސް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ދީނީ ޖަމިއްޔާތަކާއެކު ރޭ ބޭއްވި ބައްލަކުރެއްވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އެމިނިސްޓްރީގެ މަގުސަދަކީ ދީނީ ޖަމިއްޔާތަކުގެ ގުޅުން ބަދަހިކުރުން ކަމަށެވެ.
އަދި ދީނީ ޖަމިއްޔާތަކާއި އިސްލާމިކް މިނިސްޓްރީއަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ ދެފަރާތްކަން ފާހަގަކުރައްވައި އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޖަމިއްޔާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު މަޝްވަރާކުރައްވާފައެވެ.
އެގޮތުން މައިދާނުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ޖަމިއްޔާތައް ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި އަދި ދައުވަތުގެ މައިދާން ހީނަރުވިޔަ ނުދިނުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ދައުވަތުގެ މައިދާނުގައި އެންމެ ފުންނާބު އުސްކޮށް ހަރަކާތްތެރިވާ ޖަމިއްޔާތައް ކަމަށްވާ ޕީސް ފައުންޑޭޝަނާއި މަހަލްދީބް ފައުންޑޭޝަނާއި މުސްލިމުންގެ ގުޅުން އަދި ޖަމިއްޔަތު ސަލަފް އާއި އަލް ޢަސްރު ޖަމްއިއްޔާގެ އިތުރުން ރީޗް އަލް ހިޖްރަ ފަދަ ޖަމިއްޔާތައް ބައިވެރިވި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.