ގައުމީ ޔުނިވަސިޓީ

ދަނާލުގައި ތިބޭ ދަރިވަރުންގެ ދެމަހުގެ ކުލި ގައުމީ ޔުނިވަސިޓީން މައާފުކޮށްދީފި

މަރިޔަމް ޝަހުދާ

ދަނާލުގައި ތިބޭ ދަރިވަރުންގެ ދެމަހުގެ ކުލި ގައުމީ ޔުނިވާސިޓީ، (އެމްއެންޔޫ) އިން މައާފުކޮށްދީފި އެވެ.

އެމްއެންޔޫގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި އާންމު ކުރި ގޮތުގައި މާޗް އަދި އޭޕްރީލް މަހަށް ދަރިވަރުންގެ ދަނާލު ފީ މައާފު ކުރުމަށް އެ ޔުނިވާސިޓީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެމްއެންޔޫގެ ކްލާސްތައްވެސް މިމަހު 11ގެ ނިޔަލަށް ނުބާއްވަން އެ ޔުނިވާސިޓީން ވަނީ ނިންމާފައެވެ. މި ނިންމުމަކީ ސަރުކާރުން ކޮވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެމްއެންޔޫ އިން ބުނެއެވެ.

މި މުއްދަތުގައި ނުބޭއްވޭ ކްލާސްތަކާމެދު ގޮތެއް ނިންމާނީ ދެން ކޮލެޖު ހުޅުވުމުން ކަމަށް ވެސް އެމްއެންޔޫ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.