ރައްޔިތުންގެ މަޖިލިސް

ނޯޕޭލީވް ނަގަން މަޖުބޫރުކޮށް ވަޒީފާއިން ފޮނުވާލާ މީހުންގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބަަލަން ހުށަހަޅައިފި

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން ގައުމުގެ އިގްތިސޯދު އަޑިއަޅާފައިވާ މި ދަނޑިވަޅުގައި ނޯޕޭލީވް ނަގަން މަޖޫބޫރުކޮށް ވަޒީފާއިން ވަކިކޮށް ވަޒީފާ އަދާކުރާ ފަރާތްތައް ގެއަށް ފޮނުވާލާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު، އަހުމަދު ސަލީމް އެވެ.

ސަލީމް ވިދާޅުވީ، ސަރުކާރުން އިގްތިސާދު ކުރުމަށް ފިޔަވަޅުތައް އަޅަމުން ގެްނދާކަން ފާހަގަ ކުރައްވައި، ސަލީމް ވިދާޅުވީ، މިދަނޑިވަޅުގައި 38 ރިސޯޓަކުން އެހާރަހާސްމީހުން ވަޒީފާއިން ވަކިކުރުމަކީ ދެރަ ކަމެއްް ކަމަށެވެ. އަދި އޭގެން ކޮންމެ މީހަކީ، 5 މީހެއްގެ ދިރިއުޅުން ބަލަހައްޓާ މީހެއް ކަމަށާއި، އެގޮތަށް ބަލާއިރު ޓޫރިޒަމް އިންދަޖެހޭއިރު، އެއްލައްކަ މީހުންގެ ދިރިއުޅުމަށް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.

މީގެ އިތުރުން ޓުވަގައިޑުންނާއި ލޯޗްދުއްވާ މީހުންނާއި ސަފާރީތަކުގައި މަސައްކަތްކުރާ މީހުންނާއި ރިސޯޓްތައް ކުނިކަހާމީހުން ގެ ވަޒީފާ ގެއްލިގެންދާއިރު އެކަންތައްތައްް ބެލެންޖެހޭނެ ކަަމަށެވެ.

އެހެންކަމުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހުށަހަޅުއްވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، އެމައްސަަލަ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ކޮމިޓީން ބަލަމުންދާއިރު، ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އުޖޫރައެއް ލިބޭނެ އުސޫލެއް ކަނޑައެޅެންޖެހޭ ކަމަށެވެ.

އަދި މިފަހަރު ފަތުރުވެރިކަމުގެ ދާއިރާއިނިް ލިބުނު ތަޖުރިބާއަށް ބަަލައި، މިފަދަ ހާދިސާއެއް ދިމާވެއްޖެނަމަ މުވައްޒިފުންނަށް އެހީވާނެ ޓްރަސްޓް ފަަނޑެއް ސަރުކާރުގެ ބެލެނިވެރިކަމުގެ ދަށުގައި ގާއިމްކުރަންޖެހޭ ކަމަށާއި، އަދި މިފަދަ ހާލަތްތަކުގައި މުވައްޒިފުންނާމެދު ކަންތައްތައް ކުރަންޖެހޭގޮތުގެ ތަފްސީލް ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމާބެހޭ އެއްބަސްވުންތަކުގައި ހިމަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.