މަޖިލީހުގެ ރައީސް

މިދަނޑިވަޅުގައި ނެތް މަންޒަރެއް ކުރައްސަވައިގެން ނުވާނެ، ވަމުންދާ ގޮތް ރައްޔިތުންނަަށް އެނގެންޖެހޭ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

1

ކޮވިޑް 19އިގެ ސަބަބުން ގައުމުގެ އިގްތިސޯދު އަޑި އަޅާފައިވާ މި ދަނޑިވަޅުގައި، މާބޮޑު ނެތް މަންޒަރެއް ކުރައްސަވައިގެން ނުވާނެ ކަމަށާއި، ވަމުންދާ ގޮތް ވަަރަށް ސާފުކޮށް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މއިަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ދައުލަތުގެ އަމްދަނީގެ ގޮތުގައި މި ހިނގާ 2020 އަހަރަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަކީ 29.9 ބިލިޔަން ރުިފޔާ ކަމަށެވެ.

ނަމަވެސް ކޮވިޑް 19 ގެ ސަބަބުން، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ޓެކްސް ރެވެނިއުގެ އަންދާޒާކޮށްފައިވާ 17.8 ބިލިޔަން ރުފިޔާގެ ތެރެއިްނ ލިބޭނެ ކަމަށް މިހާރު އަންދާޒާ ކުރެވެނީ، ވަރަށް ކުޑަ އަދަދެއް ކަމަށް ވިދާޅުވިއެވެ.

އަދި އާމްދަނީ ލިބެންއޮތް ދެވަަނ ގޮތަކީ، އަޓޫރިސްޓުން އައިސްގެން ކަމަށާއި، ނަމަވެސް މިހާރު އޮތް ހާލަތަށް ބަލާއިރު އަލުން އަނބުރާ ޓޫރިސްޓުން މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމުގެ އަންދާޒާއެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ސަރުކާރުން ދަރަންޏަށް ފައިސާ ނަގަން ބަލާއިރު، މުޅި ދުނިޔެ މިވަނީ ހާލުގައި ޖެހިފައި ކަމަށާއި، ފުދުންތެރި ގައުމުތަކަށް ދުނިޔެއަށް ދެވޭނީ ކުރިންދެވޭ މިންވަރަށްނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މަޖިލިސް ރައީސް ވިދާޅުވީ، ސަރުކާރަށް ލިބެންއޮތް އާމްދަނީ ބޮޑުތަނުން މަދުވެގެން ދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟