އިބްރާހިމް ޒަކީ
ކޮވިޑް 19އިގެ ސަބަބުން ދިމާވާ ކަންތައްތަކަށް އެހީވުމަށް، ބޭނުން ކޮންމެ ފަރާތަކަށްވެސް ފައިސާ ހަދިޔާ ކުރެވޭނެ ގޮތަށް ހާއްސަ ފަނަޑެއް ހުޅުވުމަށް، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ސަރުކާރަށް ގޮވާލައްވައިފިއެވެ.
ކޮވިޑް-19 ވައިރަސްއިން ރާއްޖެ އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރޭގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ގޮވާލައި ދެއްކި ވާހަކާގައި ޝަރީފް ވިދާޅުވީ، އިގްސީދީ އަނދަވަޅުން އަރައި ގަތުމަށް ސަރުކާރުން ކަނޑައަޅާފައިވާ، 2.5 ބިލިޔަންގެ އިގްތިސާދީ ޕެކޭޖަށްވުރެ އިތުރަށް މިދަނޑިވަޅުގައި ކަންތައްތަކެއް ކުރަންޖެހޭ ކަމަށެވެ.
އަދި އެފަދަ ެޕޚޭޖަކުން ޝޯޓްޓާމްލޯނު ދިން ނަމަވެސް އަމިއްލަ މަސައްކަތް ތަކާއި، ދުވަހުން ދުވަހަށް އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަ ޕެކޭޖެއް ތައާރަފްކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިކަމުން އަރައި ގަތުމަށް، ކެރިފޯރުންތެރިކަން ހުރިމިންވަރަކުން އެހީތެރިކަން ދޭން ޖެހޭކަމަށެވެ.
އެގޮތަށް މިދަނޑިވަޅުގައި ބަލަންޖެހޭނީ އެއްޗެއް ދެވެންއޮތް މީހަކު އަނެކާއަށް އެޗެއް ދެވޭތޯ ކަމަށްވެސް ވިދާޅުވިއެވެ.
މުއްސަނދިގެން ބައެއް ރިސޯޓްތަކުން މުވައްޒިފުން ވަކިކުރާ މައްސަލައިގައި މަޖިިލިސް ބައެއް މެންބަރުން ރާއްޖޭގެ މަހުޖަނުންނަށް ފާޑުކިޔާ މައްސަލައިގައި ޝަރީފް ވިދާޅުވީ، މިއީ މުއްސަނދިންނޭ ކިޔައިގެން ފިތުނަ ފަސާދަ އުފެދޭ ގޮތައް ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ.
އަދި މިދަނޑިވަޅުގައި ރާއްޖޭގެ އިގްތިސާދު އަދަވަޅަކަށް ވެއްޓޭގޮތައް އެއްވެސް ފަރާތަކުން އަމަލުކޮށްގެންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.