ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މަޖިލީހާ ގުޅޭ ގޮތުން 4 ލީޑަރުން އެއްބަސްވެފައި އޮތް އެގްރިމެންޓެއް ނެތް: ރައީސްގެ ތަރުޖަމާނު

1

ރައްޔިތުންގެ މަޖިލީހާ ގުޅޭ ގޮތުން ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުން އެއްބަސްވެވަޑައިގެން ސޮއިކުރައްވައިފައިވާ އެގްރިމެންޓެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސް ޕާސަން، އިބްރާހީމް ހޫދު ވިދާޅުވެއްޖެ އެވެ.

ހޫދު މިހެން ވިދާޅުވީ ދާދި ދެންމެ "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ހޫދު ވިދާޅުވީ ސަރުކާރު އެކުލަވައިލެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓާއި އެހެނިހެން މަގާމުތައް ހަމަޖައްސައި އިންތިޒާމު ކުރެވެމުން އަންނަ ގޮތަށް ބަލާ އިރު އެކަމުގައި "އެރޭންޖްމެންޓް" ކަމެއް ނުވަތަ ކޮންމެވެސް ކަހަލަ އެއްބަސްވުންތަކެއް އެބަ ހުރި ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން ހަތަރު ލީޑަރުން އެއްބަސްވެ ސޮއިކުރައްވައިފައި އޮތް އެގްރީމެންޓެއް ނެތް. އެހެން ނަމަވެސް ކެބިނެޓާއި އެހެނިހެން ކަންކަން ކުރެވެމުންދާ ގޮތަށް ބަލާ އިރު އޭގައި ކޮންމެވެސް ކަހަލަ އެއްބަސްވުންތަކެއް ހުރިކަމަށް ގަބޫލުކުރެވޭ." ހޫދު ވިދާޅުވި އެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރުމާ ގުޅޭ ގޮތުން ކުރިޔަށް ގެންދިޔަ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. އެހެން އޮއްވައި އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟