ރައްޔިތުންގެ މަޖިލިސް

މިވަގުތަކީ އިންޓަނެޓާއި ލޯނުދޭ ކުންފުނިތަކުން ވިޔަފާރިކޮށް ބިލިޔަނުން ފައިދާ ނަގަން ޖެހޭ ވަގުތެއް ނޫން: ބޮންޑޭ

އިބްރާހިމް ޒަކީ

1

ކޮވިޑް 19 އާ ގުޅިގެން ރައްޔިތުން ހާލުގައި ޖެހިފައިވާ މިވަގުތަކީ އިންޓަނެޓާއި ލޯނުދޭ ކުންފުނިތަކުން ވިޔަފާރިކޮށް ބިލިޔަނުން ފައިދާ ނަގަން ޖެހޭ ވަގުތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން އިގްތިސާދީ ގެއްލުމުން އަރައި ގަތުމަށް ވިޔަފާރިތަކަށް، ސަރުކާރުން ކަނޑައަޅާފައިވާ 2.5 ބިލިޔަން ރުފިޔާހެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުނާއި، ބޭންކުތަކުން ލޯނު ދޫކުރަން ނިންމާފައިވާއިރު، އިންޓްރަސްޓްރޭޓް ރަނގަޅަށް ސާފުވާންޖެހޭ ކަމަށެވެ.

އަދި މި ދަނޑިވަޅުގައި ބޭންކުރަކުން ނަގާފައިވާ ލޯނު ދެއްކުން 6 މަސް ދުވަހަށް ފަސްކޮށްފައިވާއިރު، ވެސް އެ ލޯނުތަކުގެ އިންޓްރަސްޓްރޭޓާބެހޭ ސާފު މައުލޫމާތު އެގެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އިތުރު މުޅި ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑުވެފައިވާ މި ދަނޑިވަޅުގައި މުޅި ދުނިޔޭންވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ކަމަށެވެ.

އެހެންކަމުން ބިލިޔަން ބިލިޔަނުން ފައިދާ ނަގަމުންދާ ކުންފުނިތަކާއި، އިންޓަނެޓްގެ ހިދުމްދޭ ކުންފުނިތަކުން މިދަނޑިވަޅުގައި ބިލިޔަނުން ފައިދާ ހޯދަން ވިޔަފާރި ކޮށްގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

އަދި ކާޑުގެ ސާމާނާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ތަކެތީގެ އިތުރުން، އަތްދޮންނަން ބޭނުންކުރާ ސެނެޓައިޒްފަދަ ތަކެތި އަގުބޮޑުކޮށްގެން ނުވާނެ ކަމަށާއި އެތަކެތި ހުންނަންޖެހޭނީ ހުރިހާ ރައްޔިތުންނަށް ލިބޭނެ އަގެއްގައި ކަަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟