އިބްރާހިމް ޒަކީ
ކިރާ މަހަށް ފައިސާ ނުދެވޭއިރު ތެލާއި އައިސް ކްރެޑިޓަށް ދީގެންވެސް އޮޑިފަހަރު މަަހަށް ފުރޭނެ ގޮތް ހަދަން އެބަ ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ، ކޮވިޑް 19 އާގުޅިގެން ރާއްްޖޭގެ އިގްތިސާދަށް ދިމާވެފްއިވާ ހީނަރުކަމުގެ ތެރެއިްނ ފަތުތުވެރިކަން އިނދަޖެހިފައިވާ ކަަމަށެވެ.
އަދި މަސްވެރިކަމަށް ބަލާލާއިރު ބާނާމަހަށް، މަސްވެރި އާއިލާތަކަށް ލިބެންވާ ފައިސާ ނުލިބުމުގެ ސަބަނުން އެފަރާތްތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ، މި ދަނޑިވަޅުގައި ކިރުވާ މަހަށް ފައިސާ ނުލިބުމުގެ ސަބަބުން މަސްވެރިންގެ ޖީބުން ތެލާއި އައިސްއަށް ހަރަދު ކޮށްގެން މަސްވެރިކަމަށް ނިކުތުމުގެ ސަބަބުން މަސްވެރިންގެ އަތުގައި ހުރި ފައިސާވެސް ހުސްވެފައިވާ ކަމަށެވެ.
ނަަމަވެސް ކޮންމެ ގޮތަކުންވެސް އޮޑިފަަހަރު މަހަށް ފުރުވަންޖެހޭ ކަމަށާއި، އެކަމަށް ޓަކައި ސަރުކާރުން ތެލާއި އައިސް ކްރެޑިޓަށް ދީގެންވެސް އޮޑިފަހަރަށް މަހަށް ފުރޭނެ ގޮތް ހަދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދެއްކެވި އެހެން ބައެއް މެންބަރުންވެސް ވިދާޅުވީ، ޓުރިޒަމްގެ ދާއިރާއިން ވަޒީފާ ގެއްލުނު ފަރާތައްވެސް، ގޮތެއް ހޯދުމަށްޓަކައި މިދުވަސްްވަރު މަހަށް ފުރަމުންދާ ކަމަށެވެ. ނަމަވެސް ކިރުވާ މަސްކޮޅަށް ފައިސާ ނުލިބޭ މައްސަލަ ބޮޑުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެ މެންބަރުން ވިދާޅުވީ ބައެއް ހިސާބުތަކުގައި ކިރުވާ މަހަށް ފައިސާ ނުލިބޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.