މަޖިލީހުގެ ރައީސް

ރައްޔިތުން ގޭބަންދުގައި ތިއްބަސް ޑިމޮކްރަސީ ގޭބަންދެއް ނުވޭ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ކޮވިޑް 19ގެ ސަބަބުން ރައްޔިތުން ގޭބަންދެއްގައި ތިބި ނަމަވެސް ރާއްޖޭގެ ޑިމޮކްރަސީ ގޭބަންދު ނުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވަނީ ގޭ ބަންދުގައި ތިބެން ޖެހުނު ނަމަވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޑިމޮކްރަސީ ގޭބަންދު ނުވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުވީޓް ކުރައްވާފައިވަނީ، ވެބް ކޮންފަރެންސް މެދުވެރިކޮށް، ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަދު ފެށުމަށް ކުޑަތަންވެފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ފަށާފައިވަނީ 46 މެންބަރުންނާއެކުގައެވެ.