އިބްރާހިމް ޒަކީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓް ޕާކް ކުރަން އޮންނަ ސަރަހައްދު ބޮޑުކޮށްފިއެވެ.
މިކަން އާންމުކޮށްފައިވަނީ، އެމްއޭސީއެލްއިިން ކުރި ޓްވީޓެއްގައެވެ.
އެމްއޭސިއެލުން ބުނެފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރި ހުޅަނގު އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމައި އެތަން ހުޅުވާލާފައިވާ ކަމަށެވެ. އަލަށް ހުޅުވާލި މި ސަރަހައްދުގައި 25،500 އަކަމީޓަރު ހުންނާނެ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި ވައިޑްބޮޑީޑް ހަތަރު އެއާކްރާފްޓު އެ ސަރަހައްދުގައި ޕާކު ކުރެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭޕްރަންގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވަނީ 70،000 އަކަމީޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދު 2019 ވަނަ އަހަރުގު ޖުލައި މަހުގެ 17 ވަނަ ދުވަހު ވަނީ ހުޅުވައިފައެވެ.
އެމްއޭސީއެލުން ބުނެފައިވަނީ އެ ސަރަހައްދުގައި ހަތަރު ވައިޑް ބޮޑީޑް އެއަކްރާފްޓު ނުވަތަ އަށް ނެރޯ ބޮޑީޑް އެއާކްރާފްޓް ބޭއްވޭނެ ކަމަށެވެ.