އަހްމަދު ފާރިސް މައުމޫން

ފާރިސް މެލޭޝިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

އަހުމަދު ޖައިޝަން

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތިރު ބިން މުހައްމަދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޑރ. މަހާތިރާއި ފާރިސް މިއަދު ބައްދަލުކުރައްވާފައިވަނީ މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީސް ހުންނަ ޕެރްދާނާ ޕުޓްރާޖާޔާގައެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން ފާރިސްގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޓްވީޓެއްގައި ވަނީ ޑރ. މަހާތިރު އަށް ޝުކުރު އަދާކުރައްވާފައެވެ.

ޑރ. މަހާތިރަކީ ރައީސް މައުމޫންގެ ގާތް ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ދެވަނަ ފަހަރަށް އިންތިހާބުވެވަޑައިގެންނެވި ޑރ. މަހާތިރު ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖެ ވަޑައިގެންފައެވެ.

ޑރ. މަހާތިރު ފުރަތަމަ ބޮޑު ވަޒީރުކަން ކުރައްވާފައިވަނީ 1981 އިން 2003 އަށެވެ. އަދި އެއަށްފަހު އެމަނިކުފާނު ބޮޑުވަޒީރު ކަމަށް އިންތިހާބުވެވަޑައިގެންފައިވަނީ މިއަހަރެވެ.