ހަންޓާ ވައިރަސް ޖެހިގެން ޗައިނާގައި މީހަކު މަރުވެއްޖެ އެވެ.
ޗައިނާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި މީހާ މަރުވެފައިވަނީ ޗާޓަރު ކޮށްފައިވާ ބަހެއްގައި ޗައިނާގެ ޔުނާން ޕްރޮވިންސުން ޝެންޑިންގް ޕްރޮވިންސަށް ދަތުރު ކުރަމުން ދަނިކޮށެވެ. މި މީހާ ހަންޓާ ވައިރަހަށް ޕޮސިޓިވްވެފައިވާކަން އެނގިފައިވަނީ އޭނާ މަރުވި ފަހުން ކަމަށް ޗައިނާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
މި ހާދިސާއާއި ގުޅިގެން އެމީހާ ދަތުރު ކުރަމުން ދިޔަ ބަހުގެ އެންމެން މި ވައިރަހަށް ޓެސްޓު ކޮށްފައިވާ ކަމަށް އިކޮނޮމިކް ޓައިމްސް ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ. މި ބަހުގައި މަރުވި މީހާގެ އިތުރުން 32 މީހަކު ދަތުރުކޮށްފައިވެއެވެ.
މި ވައިރަހަކީ ހިކަންޖާއި މީދަލުގެ ޒަރިއްޔާއިން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. އަދި މި ވައިރަހަކީ "އެއާބޯން" ވައިރަހެއް ނޫން ކަމަށް އެފްބީސީ ނިއުސްގައި ރިޕޯޓުކޮށްފައި ވެއެވެ. އަދި މި ބަލި ފެތުރޭނީ ބަލި ޖެހިފަިއވާ މީހެއްގެ ނަޖިސް ނުވަތަ ކުޅު ޖެހިގެން ކަމަށާއި، ނުވަތަ އެބަލި ހުރި ޖަނަވާރެއް ދަތް އެޅުމުން ކަމަށް އެފްބީސީ ނިއުސް ގައި ރިޕޯޓު ކޮށްފައިވެއެވެ.