ސަލްމާން ޚާންގެ ފިލްމު ދަބަންގު ތިނެއްގެ ޕްރޮމޯޝަން ތެރެއިން ކުޑަ އީދުގައި ރިލީސްކުރާ ފިލްމު ރާދޭ: ޔުއާ މޯސްޓު ވޯންޓަޑް ބާއީ ވަނީ އިއުލާނުކޮށްފައެވެ.
ފިލްމުގެ ސެޓުން ބައެއް ފޮޓޯތައް ލީކް ވުމާއެކު މި ފިލްމު ބެލުމަށް ގިނަ ބަޔަކު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
އާންމު ފިލްމުތަކާ ހިލާފަށް މިފިލްމުން އެއް ވިލަންގެ ބަދަލުގައި ތިން ވިލަން ފެނިގެންދާނެ ކަމަށް ވެއެވެ. އެ ރޯލުތައް ކުޅެނީ ރަންދީޕު ހޫދާ، ގޯތަމް ގުލަޓީ އަދި ސިއްކިމީޒްގެ ތަރިއެއް ކަމަށްވާ ސަން ހައޭ އެވެ.
ފިލްމުގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ދިޝާ ޕަޓަނީއެވެ. ދިޝާ ވަނީ ސަލްމާނާ އެކު ފިލްމު ބާރަތުގައިވެސް އެކްޓު ކޮށްފައެވެ.
ޕްރަބޫ ދޭވާ ޑައިރެކްޓް ކުރާ މި ފިލްމުގެ ޝޫޓިން މިވަގުތު ހުއްޓިފައިވަނީ ކޮވިޑް19ގެ ސަބަބުންނެވެ. ސަލްމާން ވަނީ އޭނާ ދެން ކުޅޭނެ ފިލްމުވެސް އިއުލާނު ކޮށްފައެވެ. އެއީ ކަބީ އީދު ކަބީ ދިވާލީއެވެ.