މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސެސް

ކޮވިޑް 19 : 65 އަހަރުން މަތީ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި

މަރިޔަމް ޝަހުދާ

65 އަހަރުން މަތީ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން ފަށައިފި އެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ވަނީ ކޮވިޑް 19 އާ ގުޅިގެން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

މީގެ އިތުރުން 65 އަހަރު ވެފައިވާ މީހުންގެ ތެރެއިން މިނިސްޓްރީއާއި މައުލޫމާތު ހިއްސާ ކޮށްފައި ނުވާ މީހުންގެ މައުލޫމާތު ހިއްސާ ކުރުމަށް ފުރަންވީ ފޯމެއް އެ މިނިސްޓްރީން އާންމުކޮށްފައި ވެއެވެ.

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިން ފެނުމުގެ ސަބަބުން އެކި ކުންފުނި ތަކުން ވަނީ އެ ކުންފުނިތަކުގެ ދުވަސްވީ މުވައްޒަފުންނަށް ޕެއިޑް ލީވް ދީފައެވެ. އަދި ސަރުކާރުން އަންނަނީ އެ ފަދަ މީހުންނަޑް ބޭނުންވާ ބޭހާއި، ސިއްހީ ފަރުވާ ހޯދުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.