ނުވަދިހައިގެ އަހަރުތަކުގައި ފިޔަ ޖެހި ބަތަލާއިންގެ ތެރޭގައި ރަވީނާ ޓަންޑޮން ހިމެނެއެވެ.
ރަވީނާގެ މަގުބޫލު ފިލްމުތަކުގެ ތެރޭގައި "މޮހްރާ"، "ދުލްހޭ ރާޖާ"، އަދި "އަންދާޒް އަޕްނާ އަޕްނާ" ހިމެނެއެވެ. އަކްޝޭ ކުމާރު، ޝާހުރުކް ޚާން، އާމިރު ޚާން އަދި ސަލްމާން ޚާން އަކީ ރަވީނާ އެންމެ ގިނަ ފިލްމު ކުޅުނު ކޯސްޓާރުންނެވެ.
އީޓައިމްސްއަށް ދިން އިންޓަވިއުއެއްގައި، ފިލްމެއް އަލުން ކުޅެން ބޭނުން ވަނީ ކޮން ތަރިޔަކާތޯ ރަވީނާއާ ސުވާލު ކުރުމުން ބުނީ ބޮލީވުޑް ބާދްޝާ ޝާހު އާ އެކު ކަމަށެވެ.
"ޝާހު އަށް ވާނީ. ދެމީހުންގެ ވެސް އޮންނާނެ ހިސްޓްރީއެއް. ހަތަރު ފިލްމެއް ޝާހާއެކު ކުޅުމަށް ސޮއި ކުރިން އޭގެ ތޭރޭގައި ޒަމާނާ ދިވާނާ، ޖާދޫ ހިމެނޭ. ނަމަވެސް އެކި ފިލްމަށް އެކި ގޮތް ވީ. އެއް ފިލްމުގެ ޑައިރެކްޓަރު މަރުވީ. އަނެއް ފިލްމުގެ ޕްރޮޑިއުސަރަށް ގޮތެއްވީ. އެ ފިލްމުގެ ލަވަތައް ވަރަށް ރީތިވާނެ، އެހެންވެ ވަރަށް އުންމީދު ކުރިން އެފިލްމުތައް ރިލީސްވާނެ ކަމަށް. ފިލްމު ޑަރުވެސް ޝާހު އާއެކު ކުޅުމަށް ސޮއި ކޮށްފަ ނުކުޅެވުނު" ރަވީނާ އީޓައިމްސްއަށް ދިން އިންޓަވިއުގައި ބުންޏެވެ.
ރަވީނާ އިތުރަށް ބުނީ ޝާހާ އެކު "ދިލް ސޭ" ފިލްމުގެ ލަވަ "ޗައިއްޔަ ޗައިއްޔަ" އަށް ނަށަން ފުރުސަތު ލިބުނީމަ އެކަންވެސް އެވަގުތު ހާލަތު އޮތް ގޮތުން ނުކުރެވުނު ކަމަށެވެ.
"ގިނަ ފުރުސަތު ތަކެއް މިސްވި. ޝާހު އާ ބައްދަލުވާ ކޮންމެ ފަހަރަކު ދެމީހުންގެ ދެމެދުގައި އެފެކްޝަން އޮވޭ. އެކީގައި ގިނަ ފިލްމުތަކެއް ކުޅެވެން އޮއްވައި ނުކުޅެވި ދިޔައީ" ރަވީނާ ބުންޏެވެ.
އެންމެ ފަހުން ރަވީނާގެ ހިންދީ ފިލްމަކަށް ރިލީސްކުރީ 2017 ވަނަ އަަހަރު ރިލީސްކުރި ފިލްމު "ޝަބް" އެވެ. މިއަހަރު ރަވީނާގެ ކަންނާޑާ ފިލްމެއް ރިލީސްވާނެއެވެ. އެއީ "ކޭއެފްޖީ: ޗެޕްޓަރު ޓޫ" އެވެ.