ދެވަނައަށް އެންމެ ގިނަ މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒަށް ލިބިއްޖެއެވެ.
މަޖިލީހުގައި މިހާރު ޖޭޕީގެ 20 މެމްބަރުން ތިއްބަވާ އިރު، އެމްޑީޕީގައި ތިއްބަވަނީ 19 މެމްބަރުންނެވެ.
އެންމެ ގިނަ މެމްބަރުންނާއެކު އަދިވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކެވެ. އެ ޕާޓީގައި 28 މެމްބަރުން ތިއްބަވައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރު ކަމަށް ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު މަޖިލީހުގައި ތިއްބަނީ 79 މެމްބަރުންނެވެ.