ރާއްޖޭގެ އެންމެ ބޮޑު މާކެޓިންގ ވެބްސައިޓް ކޫ ޑޮޓް އެމްވީގައި ރަޖިސްޓަރީވެގެން ލަންޑަންއަށް ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަންއެއް ފަށައިފިއެވެ.
ގަތަރު އެއާވޭސްގެ ހެޔޮއެދުންތަކާއެކު ފަށާފައިވާ މި ޕްރޮމޯޝަންފައި ކޫ ޑޮޓް އެމްވީގައި 2019 ޖެނުއަރީ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރ ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް ލަންޑަންއަށް ދެކޮޅު ޓިކެޓު ލިބިގެން ދާނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫ ޑޮޓް އެމްވީގެ ވެބްސައިޓުގައި ރަޖިސްޓަރީ ވުމަށްފަހު އެކައުންޓް ވެރިފައި ކުރަންޖެހޭނެއެވެ.
ކޫ ޑޮޓް އެމްވީއަކީ ރާއްޖޭގައި މިހާތަނަށް އުފައްދާފައިވާ އެންމެ ބޮޑު މާކެޓިންގ ވެބްސައިޓެވެ. މި ވެބްސައިޓު މެދުވެރިކޮށް އެތައް ޕްރޮޑަކްޓުތަކެއް ގަނެވޭނެއެވެ. އޭގެތެރޭގައި ކޮސްމެޓިކްސް، ގޭތެރޭގައި ހިފާގެންގުޅޭ ތަކެތި، އިލެކްޓްރޯނިކް ސާމާނާއި އަންހެން އަދި ފިރިހެން ބޭފުޅުންގެ އަންނައުނުގެ އިތުރުން ކުޑަކުދިންގެ ހެދުން ހިމެނެއެވެ. މި ވެބްސައިޓުގައި ފަރުނީޗަރާއި ކުޅިވަރުގެ ސާމާނުގެ އިތުރުން ގިނައަދަދެއްގެ މުދާ ގަނެވޭނެއެވެ.
ކޫ ޑޮޓް އެމްވީގެ ހިދުމަތް ބޭނުން ގަޑިއެއްގައި ލިބިގެން ދާނެއެވެ. އަދި ބައްލަވައިގަންނަވާ މުދާ މާލެ ސަރަހައްދަށް 24 ގަޑިއެރުތެރޭގައި ޑެލިވަރ ކޮށްދޭނެއެވެ.