ރައްޔިތުންގެ މަޖިލިސް

ހުރިހާ މެންބަރުންނާއެކު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނަޝީދު ގޮވާލައްވައިފި

ހުރިހާ މެންބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއެކު، މަޖިލިސް ބައްދަލުވުމަކީ ރާއްޖޭގެ ހަމަޖެހުމާއި ދިވެހިން ރިޔާސީ އިންތިހާބުގައި ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށް ދިއުމަށް ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިހާރު ޗުއްޓީގައި އޮތް އިރު، މަޖިލީހުގެ ޖަލްސާތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.