ސުޕްރީމް ކޯޓް

ތޮލްހަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކޮށްފި

އަހުމަދު ޖައިޝަން

1

ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ތޮލްހަތުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ 16 ޖެނުއަރީ 2012 ވަނަ ދުވަހުގެރޭ މެންދަމު ކުރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގަނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގައެވެ.

ތޮލްހަތުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވީ 10 އޭޕްރީލް 2015 ގައެވެ.

ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން އެ މައްސަލަ އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ވަނީ ބަލައިގެންފައެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ހިންގާފައިވަނީވެސް ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށެވެ.

ތޮލްހަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގައި ހުކުމްކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެއެވެ. ތޮލްހަތުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށް، އޭނާ މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައިވަނީ މި މަހުގެ އަށްވަނަ ދުވަހުގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟