ވިޔަފާރި

13 ދަޅަށް ވުރެ ގިނައިން ގަންނަ ނަމަ އެންޒީ މަސްދަޅު ސީދާ ގެއަށް ޑެލިވަރީ ކޮށްދެނީ

އައިދާ އަބްދުލް ހަކީމް

އެންޒީން ފެށި ހިލޭ މަސްދަޅު ގެއަށް ގެންދިއުމުގެ ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް އޮތުމުން އެންޒީގެ ހުރިހާ ފިހާރަތަކުން ވެސް ކުރިޔަށް އޮތްތަނުގައި 13 ދަޅަށްވުރެ ގިނައިން ގަންނަ ނަމަ ގޭގެއަށް މަސްދަޅު ޑެލިވަރީކޮށްދެމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެންޒީން ބުނީ މިހިދުމަތް ލިބޭނީ މާލެ އަދި ހުޅުމާލޭގައި ދިރިއުޅެމުން އަންނަ ކަސްޓަމަރުންނަށް ކަމަށެވެ. އެގޮތުން އެކުންފުނީގެ ހޮޓްލައިން ނަމްބަރު 7248899 މާލޭގެ ކަސްޓަމަރުން އަދި ހުޅުމާލޭގެ ކަސްޓަމަރުން 7258899 އަށް ހެނދުނު 08:30 އާއި ހަވީރު 04:00 ދެމެދު ގުޅުއްވުމަށްފަހު ބޭނުންވާ އަދަދާއި ބާވަތް (ފެން/ތެޔޮ)، އެޑްރެސް އަދި ގުޅޭނެ ނަމްބަރު ދިނުމުން ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ.

ކުރިއެކޭ އެއްފަދައިން އެންޒީގެ ފިހާރަތައް ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ކޮންމެ ދުވަހަކު ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން 10:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް އެންޒީން ވަނީ ބުނެފައެވެ.

އެންޒީގެ މަހުގެ ހުރިހާ ބާވަތެއްވެސް އެއްވެސް ދަތިކަމަކާއިނުލައި ރީޓެއިލް އަދި ހޯލްސޭލްކޮށް ލިބޭނެ އިންތިޒާމްތައްވަނީ ހަމަޖައްސާފައެވެ.

އެންޒީން ބުނީ މަސްދަޅުގެ ލޭބަލް ނައްޓާލުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަންބަރު 5040 އަށް އެސްއެމްއެސް ކޮށްގެން އަގުހުރި ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވެސް މިހާރު ކުރިއަށްދާ ޕްރޮމޯޝަންގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.