ސަޕޯޓިން ރޯލްތަކުގައި މަޝްހޫރު ބަތަލު ސޯނޫ ސޫދް ތައިކްވޮންޑޫ އިން ޑޮކްޓަރިއޭޓް ޑިގްރީ ހާސިލްކޮށްފިއެވެ. 45 އަހަރުގެ ސޯނޫ އަކީ ސިއްހަތު ރަނގަޅުކޮށް ހުރުމަށް މަސައްކަތްކުރާ އަދި ތައިކްވޮންޑޫ އަށް ލޯބިކުރާ ބަތަލެކެވެ.
ސޯނޫ އަށް ޑޮކްޓަރިއޭޓް ޑިގްރީ ހަވާލުކޮށްދިނީ ތައިކްވޮންޑޫ ފެޑެރޭޝަން އޮން އިންޑިއާގެ ސެކްރެޓަރީ ޖެނެރަލް ޕްރަބާތް ޝަރްމާއެވެ.
ޑޮކްޓަރިއޭޓް ހާސިލް ކުރުމަށްފަހު ދިން އިންޓަވިއު އެއްގައި ސޯނު ބުނިގޮތުގައި އެ އިވެންޓްގައި އެންމެންވެސް ފިޓް ކޮށް ތިބުމުން އުފާވި ކަމަށާއި، އިވެންޓަށް އެކި ޤައުމު ތަކުގެ ތައިކްވޮންޑޫ އެކްސްޕާޓުން އައިސް ތިބުން ވެގެން ދިޔައީ ވަރަށް އުފާވި ކަމެއް ކަމަށެވެ. އަދި ތައިކްވޮންޑޫ ފެޑެރޭޝަން އުފެއްދެވި ކަމަށްޓަކައި އިވެންޓް އިންތިޒާމް ކުރި ފަރާތްތަކަށް ޝުކުރު އަދާކުރިއެވެ.
ސޯނޫ ދެން ކުޅެން އޮތީ ރޯހިދް ޝެޓީގެ ފިލްމް "ސިންބާ" އެވެ. އެ ފިލްމް ގައި ސޯނޫ އާ އެކީ ރަންވީރު ސިންގ އާއި ބޮލީވުޑްގެ ސުޕަރ ސްޓަރ ސައިފް އަލީ ޚާންގެ ދަރި ސާރާ އަލީ ޚާން ފެނިގެން ދާނެއެވެ.
ތައިކްވޮންޑޫ އަކީ ކޮރިއަން މާރޝަލް އާޓްގެ ކުޅިވަރެކެވެ.