އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން

އެސްޑީއެފްސީން ދޫކޮށްފައިވާ ލޯނުތައް އަނބުރާ ދެއްކުން ހަމަހަށް ފަސްކޮށް އިންޓްރެސްޓް ހަތަރު ޕަސެންޓަށް

މަރިޔަމް ޝަހުދާ

2

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އިން ދޫކޮށްފައިވާ ލޯނުތަކާއި އޭގެ އިންޓްރެސްޓް އަނބުރާ ދެއްކުން ހަމަސް މަސްދުވަހަށް ފަސްކޮށްދޭން ނިންމައިފި އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖެއްސުމަށް ގާއިމުކުރި އެސްޑީއެފްސީގެ މި ނިންމުން އާންމުކޮށްފައިވަނީ އެ ކުންފުނިން ކުރި ޓުވީޓެއް މެދުވެރިކޮށެވެ.

އެގޮތުން އެ ކުންފުނިން ދޫކޮށްފައިވާ އެސްއެމްއީ ލޯނުތައް ދެއްކުން ހަ މަހަށް ފަސްކުރި އިރު، މި މުއްދަތުގައި މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ %4 ކަމަށް ބަލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަސަރު ކުރާނެ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. އަދި ރާއްޖޭގެ އިގުތިސާދު އެކަމަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަން ކޮވިޑް 19ގެ ސަބަބުން ދަށްވާނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟