އިބްރާހިމް ޒަކީ
އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތު ހަމަވާ، އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު އަކުރަމް ކުރިއަށް އޮތް ދައުރަށް ވެސް އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން އަކްރަމް އީސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 81 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 72 މެންބަރުންގެ އިއްތިފާގުންނެވެ.
އަކުރަމްގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ އެ ކަމަށް ކުރިމަތިލުމަށް ހުޅުވާލެއްވި ފުރުސަތުގައި ކުރިމަތި ލެއްވި ބޭފުޅުންގެ ތެރޭގައި އަކުރަމްގެ އިތުރުން އީސީގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒްވެސް ހިމެނެއެވެ. ދެން ދެން ތިއްބެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޒާ މަރިޔަމް ހަނީފާ ހާލިދާއި އަހުމަދު މަންސޫރުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭކޮމިޓީންވަނީ މި 4 ބޭފުޅުންނާ ވެސް އިންޓަރވިއުކޮށް 4 ބޭފުޅުންނަށް ރުހުން ދިނުމަށްފަހު މަޖިލިސް ތަޅުމަށް ފޮނުވިއެވެ.
ނަމަވެސް އަކުރަމްގެ ނަން ފާސްވުމުން އިތުރު ނަމަކަށް ވޯޓަކަށް ނާހައެެވެ.