އަންހެނުން ބޭނުންކުރާ ޕެޑުން ޓެކްސް ނެގުން އުވާލައިފިއެވެ.
ޕެޑުން ޓެކްސް ނެގުން އުވާލާފައިވަނީ ވޯޓުގައި ބައިވެރިވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.
ސަރުކާރުގެ ފަރާތުން ޕެޑުން ޓެކްސް ނެގުން އުވާލުމަށް އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކުގައި ޕެޑުން ޓެކްސް ނެގުން އުވާލުން ހިމަނާފައިވެއެވެ. އެމަނިކުފާނު ވަނީ ރިޔާސީ ކެމްޕޭނުގެ ތެރޭގައި ވެސް އެ ވައުދުވެވަޑައިގެންފައެވެ.