އަންނަ އަހަރަށް 30.25 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިރޭގެ ޖަލްސާގައި ބަޖެޓު ފާސްކުރުމަށް ވޯޓުގައި ބައިވެރިވި 73 މެމްބަރުންގެ އިއްތިފާގުންނެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީން ދިރާސާކުރުމަށްފަހު އެ ބަޖެޓު ވަނީ 30.25 އަށް ބޮޑުކޮށްފައެވެ.
ބަޖެޓު ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓުގެ ބަހުސް މަރުހަލާ ނިންމާލާފައިވަނީ މިއަދު ހަވީރެވެ.