ރައްޔިތުންގެ މަޖިލިސް

65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ އިސްލާހު ބާތިލްކޮށްފި

1

އުމުރުން 65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކޮށްފިއެވެ.

އެ އިސްލާހު ބާތިލްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ އިސްލާހު ބާތިލްކުރުމާ ގުޅިގެން މިހާރު 35 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ވެރިކަމަށް ކުރިމަތިލެވޭނެއެވެ.

ވެރިކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރާއި ދޮށީ އުމުރު ކަނޑައަޅާފައިވަނީ 2015 ވަނަ އަހަރުއެވެ. އޭރު ނައިބު ރައީސަކަށް އަހްމަދު އަދީބު ގެނައުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައުމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަނީ ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ގެއްލިފައެވެ.

ގާނޫނުއަސާސީގެ އިސްލާހަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުގެ ވޯޓުން ކަމަށްވާ އިރު، އިސްލާހު ބާތިލްކުރުމަށް މަޖިލީހުގެ 64 މެމްބަރުންގެ ވޯޓު ބޭނުންވާނެއެވެ. 

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟