މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސްމިލިޔަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ފުލުހުން ކުރިއަށް ގެންދާ ތަހުގީގަކަށް ދެންމެ ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ.
ފައް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަފްފިޒު ކުރައްވަމުން ގެންދަވާއިރު، ރައީސް ޔާމީން ފުލުހަށް މި ހާޒިރުކުރީ ފުލުހުން ބަލަމުންދާ އެމަނިކުފާނާ ގުޅުން ހުރި ކޮރަޕްޝަންގެ އިތުރު މައްސަލައަކާ ގުޅިގެންނެވެ.
މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުވެސް ރައީސް ޔާމީން ފުލުހަށް ހާޒިރުވުމަށް އެންގިއެވެ. ނަމަވެސް ފަހު ވަގުތު އެކަން ވަނީ ކެންސަލްކޮށްފައެވެ.
ކޮވިޑް 19 ގެނުރައްކާ ބޮޑުވެފައި ވަނިކޮށް ރައީސް ޔާމީން ފުލުހަށް ހާޒިރުކުރަން ނިންމި މައްސަލައިގައި އެމަނިކުފާނުގެ ގާނޫނުނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ފާޑު ވިދާޅުވެފައެވެ.
ޖަމީލް ވިދާޅުވީ، ރައީސް ޔާމީން އަކީ ޖަލު ބަންދުގައި ހުންނެވި މީހަކަށްވާއިރު، ކޮންމެ ވަގުތެއްގައިވެސް ފުލުހުންނަށް ސުވާލުކުރެވިދާނެ ކަމަށެވެ.
އެކަން އެހެންއޮތްއިރު ރައީސް ޔަމީން ކުއްލިއަކަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކޮށްގެން ހާސިލްކުރަންޖެހިގެން އުޅެނީ ކޮން ކަމެއްތޯ، އާއި އެކަމުގެ ސިއްރަކީ ކޮބައިތޯ، ޑރ.ޖަމީލް ވަނީ ސުވާލު ކުރައްވައިފައެވެ.