މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ދެމުން އަންނަ ހިދުމަތްތައް މާދަމާއިން ފެށިގެން އީމެއިލް މެދުވެރިކޮށް ދިނުމަށް ނިންމާފައިވާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދުނިޔޭގެ އެކި ގައުމު ތަކުގެ އިތުރުން ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޔެލޯ އެލާޓް ނެރެފައިވާތީ، އެމިނިސްޓްރީން އާންމުންނަށް ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް، މާދަމާއިން އިން ފެށިގެން އީމެއިލް މެދުވެރިކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެމިނިސްޓްރީން ދެމުން އަންނަ ހިދުމަތްތައް ކަމަށްވާ ވިޔަފާރިއާއި ގުޅުންހުރި ހިދުމަތްތަކާއި، އެކްސްޕެޓް އޮންލައިން ރެޖިސްޓްރޭޝަން، ކޯޓާ، އެމްޕްލޯއިމަންޓް އެޕްރޫވަލް، ކެންސަލޭޝަން (ކޯޓާއާ ބެހޭ)، ޑިޕޮސިޓް (އެމްޕްލޮއިމަންޓް އާގުޅޭ) އަދި އެހެނިހެން ހިދުމަތްތައް މީގެ ތެރޭގައި ހިމެނޭ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން އޮންލައިންކޮށް ދެމުން އަންނަ ހިދުމަތަކާއި އީމެއިލް އެޑްރެސް:
ވިޔަފާރިއާއި ގުޅުންހުރި ހިދުމަތްތައް [email protected]
އެކްސްޕެޓް އޮންލައިން ރެޖިސްޓްރޭޝަން [email protected]
ކޯޓާ [email protected]
އެމްޕްލޯއިމަންޓް އެޕްރޫވަލް [email protected]
ކެންސަލޭޝަން (ކޯޓާއާ ބެހޭ) [email protected]
ޑިޕޮސިޓް (އެމްޕްލޮއިމަންޓް އާގުޅޭ) [email protected]
އެހެނިހެން [email protected]
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތަކާގުޅޭ އިތުރު މައުލޫމާތު ބޭނުން ނަމަ އީ މެއިލް ކުރުމުން އެމައުލޫމާތުތައް ފޯރުކޮށްދެމުން ދާނެކަމަށެވެ.