ވިޔަފާރި

ކޮންރެޑް މޯލްޑިވްސް އެހެން ފަރާތަކަށް ވިއްކާލަނީ

އަހުމަދު ޖައިޝަން

އދ. އަތޮޅުގެ ރަންގަލިފިނޮޅުގައި ހިންގަމުން އަންނަ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިޒޯޓް އެހެން ފާރަތަކަށް ވިއްކައިލަން ނިންމައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށް އެމިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ އދ. ރަންގަލިފިނޮޅު ލީސް އެގްރީމެންޓްގެ ދަށުން އެރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުުރުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.

އެހެން ކަމުން އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ 14 ދުވަހުގެ ތެރޭގައި، މިނިސްޓްރީއަށް ލިޔުމަކުން އަންގަވައިދެއްވުމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ރިޒޯޓް ވިއްކައިލަން ނިންމައިފައި ވަނީ ކޮން ފަރާތަކަށް ކަމެއް ނޭނގެ އެވެ.

ކޮންރެޑް މޯލްޑިވްސް އިން ވަނީ ޓުއަރިޒަމްގެ ސެކްޓަރަށް "އިނޮވޭޓިވް" ކަންތައްތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީ ވިލާ ރާއްޖޭގައި ހުޅުވާފައިވަނީ ކޮންރެޑް މޯލްޑިވްސްގައެވެ. އޭގެއިތުރުން ކަނޑުއަޑީގެ ރެސްޓޯރެންޓެއް ވެސް އެ ރިޒޯޓުގައި ވަނީ މީގެކުރީން ހުޅުވާފައެވެ.