ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު، ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފިއެވެ.
ޝާހު ޖޭޕީއަށް ސޮއިކުރުމަށް މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޝާހުގެ އިތުރުން ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް އިސް ބޭފުޅުން ވަނީ ޖޭޕީއަށް ސޮއިކުރައްވައިފައެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީއާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމް އާއި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފާއި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިންއާއި މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާނާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ފާހަގަކޮށްލެވެއެވެ.
މިރޭ ޖޭޕީއަށް ސޮއިކުރެއްވި ޝާހުއަކީ ގޮނޑި މައްސަލަ ޖެހުނު 12 މެމްބަރުންގެ ތެރޭގައި ހިމެނުނު މެމްބަރެކެވެ.