ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މުސްލިމުންގެ ވާޖިބަކަށްވާން ޖެހޭނީ އިސްލާމްދީނުގެ ހުކުމްތައް މަތިވެރި ކުރުން: ޝަހީމް

9

މުސްލިމުންގެ ވާޖިބަކަށްވާން ޖެހޭނީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމާއި އެ ދީނުގެ ހުކުމްތައް މަތިވެރި ކުރުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވާ އިރު، މީގެ 65 އަހަރު ކުރީއްސުރެ ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

"މުސްލިމުންގެ ވާޖިބަކަށްވާން ވާނީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމާއި އެ ދީނުގެ ހުކުމްތައް މަތިވެރި ކުރުމެވެ..،" ޝަހީމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އެންމެހާ ހުކުމްތަކަކީ ސަމާހަތްތެރި، ހިކުމަތްތެރި، މަތިވެރި ހުކުމެއް ކަމަށާއި ދެ ދުނިޔޭގެ ފަލާހާއި ކާމިޔާބު އޮތީ އެގޮތުން ކަމަށެވެ.

ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮތް އޮތުން ދަމަހައްޓަން ނިންމުމުން ގިނަ ބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟