މާފަންނު ގެއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ދާދި ދެންމެ ބުނީ މި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މިއަދު ހެނދުނު 8:00 އެހާއިރު ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވައި ފެނިފައި ވަނީ އުމުރުން 46 އަހަރުގެ ދިވެއްސެއް ކަމަށެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ވަޒީފާ އަދާކުރަމުން އަންނަ އޮފީހުގެ ސެކިޔުރިޓީ ގާޑަކަށް ހުއްޓައި ކަމަށް ފުލުހުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މި މީހާ މަރުވެފައި އޮތް އިރު ހަށިގަނޑުގައި އެއްވެސް ކަހަލަ އަނިޔާއެއް ހުރިތޯ ސުވާލު ކުރުމުން ފުލުހުން އިތުރު ޖަވާބެއް އެކަމަށް ދީފައެއް ނުވެ އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.