އުމަރު ނަސީރު

ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނޭ ރައީސަކީ އަޅުގަނޑު: އުމަރު ނަސީރު

1

މިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނޭ ރައީސަކީ އިރާދަކުރެއްވިޔާ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރަން ސަރުކާރުން މިއަދު ނިންމުމާ ގުޅިގެން ކުރެއްވެވި ފޭސްބުކް ޕޯސްޓެއްގަ އެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ނުކުރުމަށް މިސަރުކާރުން ނިންމި ނިންމުމާ މެދު ހިތާމަކުރައްވާ ކަމަށެވެ.

"ޤިސާސް ހިފުމަކީ މީހުން މެރުމާއި ވަޅި ހެރުމަށް އޮތް ހައްލު." އުމަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އަމާންކަން ގާއިމް ކުރެވޭނީ ގަސްދުގައި މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދީގެން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟