ކޮރީނާވައިރަހުން ޖެހޭ ބަލި ކޮވިޑް 19ގެ އަސަރު ވަނީ ބޮލީވުޑަށްވެސް ކޮށްފިއެވެ.
އެގޮތުން ސުޕާ ސްޓާ ސަލްމާން ޚާން ވަނީ ފިލްމު "ރާދޭ: ޔުއާ މޯސްޓް ވޯންޓަޑް ބައި"ގެ އިންޑިއާއިން ބޭރުގައި ނަގަން ޖެހޭ ބައިތައް ވަނީ ކެންސަލްކޮށްފައެވެ.
ހަމަމިއާއެކު ކަރަން ޖޯހަރުގެ ފިލްމު "ތަޚްތު" ގެ ބައެއް ޝޫޓިންތައްވެސް ކެންސަލްކޮށްފިއެވެ. ކެންސަލް ކޮށްފައިވަނީ ޖެއިޕޫރު އަދި ޖައިސަލްމާގައި ނަގަން ޖެހޭ މަންޒަރުތައް ކަމަށް ވެއެވެ.
ތަޚްތަކީ ގިނަ ތަރިންތަކެއް ފެނިގެންދާނެ ފިލްމެކެވެ. އޭގެ ތެރޭގައި ރަންވީރު ސިންގު، ވިކީ ކުޝާލު، ކަރީނާ ކަޕޫރު ޚާން، އާލިޔާ ބަޓް، ޖާންވީ ކަޕޫރު، ބޫމީ ޕެޑްނޭކަރު އަދި އަނިލް ކަޕޫރު ހިމެނެވެ. ފިލްމު ރިލީސްކުރުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރު ޑިސެމްބަރު ގައެވެ.
މީގެ ކުރިން ބަތަލާ ދީޕިކާ ޕަޑުކޯންވެސް ވަނީ ޕެރިސް ފެޝަން ވީކަށް ދިޔުމަށް އުޅެފައި ކޮވިޑް 19 ފެތުރުނު ހިސާބުން އެދަތުރު ކެންސަލް ކޮށްފައެވެ.
އިންޑިއާގައި ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ 45 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ޕަންޖާބް، ކަރްނާޓިކާ، ކެރެލާ، ޖައްމޫ އަދި ކަޝްމީރު، ދެއްލީއާއި އުއްތަރު ޕްރަދޭޝް ހިނެއެވެ.