މިމަހު ބޭއްވުމަށް ހަމަޖައްސާފައި އޮތް އިންޓަސްކޫލް ހޭންޑްބޯލް މުބާރާތް ފަސްކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި މުބާރާތް ފަސްކުރަން ނިންމީ، މިދުވަސްވަރު ރާއްޖެއިން ހިމަބިހި ފެނިފައި ވުމާއި އަދި ދުނިޔޭގެ ބައެއް ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއަށް އައުމާއި ގުޅިގެން ކަމަށެވެ.
މި މުބާރާތް ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު ހަވަނަ އިންޓަސްކޫލް ހޭންޑް ބޯޅަ މުބާރާތް ބޭއްވުން ފަސްކޮށްފައިވާ ކަމަށާއި ދެން މުބާރާތް އޮންނާނެ ތާރީހެއް ހޭންޑްބޯލް އެސޯސިއޭޝަނުން އަންގާނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.