އިންޑިއާގެ ގައުމީ އިނާމު ލިބިފައިވާ ފިލްމު ބަދާއީ ހޯގެ ދެވަނަ ބައެއް އުފައްދަން ނިންމައިފިއެވެ.
ބަދާއީ ދޯގެ ނަންދީފައިވާ ދެވަނަ ފިލްމު ވެގެން ދާނީ "ފެމިލީ ކޮމެޑީ" ފިލްމަކަށެވެ. ފިލްމުގެ ތަރިންވެސް ކުރީގެ ތަރިންނާ ތަފާތު ވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ފިލްމުގެ ބަތަލެއްގެ ގޮތުގައި ރާޖްކުމާރު ރާއޯ އާއި ބަތަލާ އަކަށް ބޫމީ ޕެޑްނޭކަރު ފެނިގެންދާނެ ކަމަށް ވެއެވެ.
ފިލްމުގައި ރާޖްކުމާރު ކުޅެނީ ފުލުހެއްގެ ރޯލެވެ. އޭނާ ވަނީ އެހިސާބުގައި ހުރި ހަމައެކަނި ފިރިހެން އޮފިސަރަށެވެ. ބޫމީ ކުޅެނީ ސްކޫލުގެ ޕީޓީ ޓީޗަރެއްގެ ރޯލެވެ.
"ޖަންގްލީ ޕިކްޗާސް އިން އުފައްދާ ފިލްމުތައް ވަރަށް ކަމުދޭ. އެހެންވެ އެމީހުން އަހަރެން ކައިރިޔަށް މި ފިލްމު ހިފައިގެން އައީމަ ވަގުތުން އެއްބަސްވީ." ފިލްމުގެ ޑައިރެކްޓަރު ހަރްޝްވަރްދަން ކުލްކާނީ ބުންޏެވެ.
ފިލްމު ރިލީސްކުރާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.