އަބްދުﷲ ޖާބިރު

ކޯލިޝަން ހެދީ ވެރިިކަމަށް އަންނަން، މަޖިލިސް އިންތިޚާބާ އެއާ ގުޅުމެއް ނެތް: ޖާބިރު

ކޯލިޝަން ހެދީ ވެރިކަމަށް އަންނަން ކަމަށާއި ރައްޔިތުންގެ މަޖިލީހާއި ޕާޓީ ޕޮލިޓިކްސްއާ އެކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ރައީސްގެ ސްޕެޝިއަލް އެންވޯއީ ކަމަށް ދާދި ފަހުން އައްޔަން ކުރެއްވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ވިޔަފާރިވެރިޔާ ޖާބިރު ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ގަބޫލުކުރައްވާ ގޮތުގައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް އެމްޑީޕީން ވާދަކުރަން ޖެހޭނެ އެވެ.

"ކޯލިޝަން އެއްބަސްވުމަކީ ހަމަ އެކަނި ވެރިކަން އެކުލަވައިލުމަށް ހަދާފައި އޮތް އެއްޗެއް. ޕާޓީ ޕޮލިޓިކްސް އާއި މަޖިލީހާ އެ އެއްބަސްވުމާ އެއްވެސް ގުޅުމެއް ނެތް." ޖާބިރުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށް، ރާއްޖޭން ބޭރުގައި އަރުވައިލެވިގެން ހުންނަވައި، އެންމެ ފުޅާ ދާއިރާއެެއްގައި މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައި އަބްދުﷲ ޖާބިރުވެސް ހިމެނިވަޑައިގަންނަވަ އެެވެ.