ކުޅުވަރު ޑްރާމާ ފިލްމު ރަޝްމީ ރޮކެޓްގެ ޝޫޓިން ފެށުމަށް ބަތަލާ ތާޕްސީ ޕަންނު ދަނީ ތައްޔާރު ވަމުންނެވެ.
މި ފިލްމު ވެގެންދާނީ ސޫރްމާ އަދި ސާންދީ އާންކު ލައިގެން ތާޕްސީ ކުޅޭ ކުޅިވަރާ ބެހޭ ތިންވަނަ ފިލްމަށެވެ.
މި ފިލްމުގައި ތާޕްސީ ފެނިގެން ދާނީ އާދަޔާ ހިލާފަށް ބާރަށް ދުވުމުގެ ހުނަރު ލިބިފައިވާ އަންހެން ކުއްޖެގެ ރޯލުންނެވެ.
ފިލްމުގެ ޑައިރެކްޓަރު އާކާޝް ކުރާނާ ނޫސްވެރިންނަށް ދިން އިންޓަވިއެއްގައި ބުނީ ސްކޫލުން ތާޕްސީ ކުރާ މަސައްކަތް ރަނގަޅުކަމުން އެކުރާ ބުރަ މަސައްކަތަށް އިހުތިރާމް ކުރުމުގެ ގޮތުން ސްކޫލުގެ ޖިމް ގެ ނަން ތާޕްސީގެ ނަމާ ގުޅުވައިގެން ބަދަލު ކޮށްފައިވާ ކަމަށެވެ.
އާކާޝް އިތުރަށް ބުނި ގޮތުގައި ފިލްމުގެ ފުރަތަމަ ހާފް ކުޅެފައިވަނީ އިންޑިއާގެ ކުޗީގައި ކަމަށާއި ތާޕްސީއަށް އެ ބަހުރުވަ ދަސްކޮށް ދިނުމަށް އެކްސްޕާޓެއްވެސް ވަނީ ގެންނަން ފަށާފައިކަމަށެވެ.
އޭޕްރިލް އެކެއްގައި ފިލްމުގެ ޝޫޓިން ފަށާއިރު ބެހިފައިވަނީ ތިން ބަޔަށް ކަމަށް ވެއެވެ. އެއީ ކުޗީއަށް ފަހު މެއި މަހު ދިއްލީ އަދި ޖޫން މަހު ދެހްދާރުން އަދި މެސޫރީގައި ކުރާ ޝޫޓްތަކެވެ.
"ފިލްމުގައި ފެނިގެން ދާނީ އެތުލީޓެއް ފޭމާ ހަމައަށް ވާސިލްވާން ކުރާ މަސައްކަތް. އަދި އެ ޖާނީގެ ތެރެއިން ކުޅިވަރުގައި ހިމެނޭ ސިޔާސީ މައްސަލަތަކާއި ކޮރަޕްޝަންގެ މައްސަލަތައް އޭނާއަށް ދިމާވާ ގޮތް" ޑައިރެކްޓަރު އާކާޝް ބުންޏެވެ.
ފިލްމަށް ތައްޔާރު ވުމުގެ މަސައްކަތް ތާޕްސީ ފަށާފައި ވާއިރު ދުވާލަކު ދެގަޑިއިރު ސްޓެމިނާ ރަނގަޅު ކުރުމުގެ ކަސްރަތާއި ޓްރެއިންތައް ތާޕްސީ މިހާރުވެސް ނަގާ ކަމަށްވެއެވެ.
ފިލްމުގެ ފަސްޓް ލުކް އާއެކު ފުރަތަމަ ޓީޒާވެސް މިހާރު މިވަނީ ރިލީސްކޮށްފައެވެ.