އުމަރު ނަސީރު

ދީނާއި ގައުމިއްޔަތަށް ލޯބިކުރާ އެންމެން އަލުން ސިޔާސީ މަސައްކަތަށް ޖަމާވާން ޖެހޭ: އުމަރު

7

ދީނާއި ދިވެހި ގައުމިއްޔަތަށް ލޯބިކުރާ އެންމެން އަލުން ސިޔާސީ މަސައްކަތަށް ޖަމާވާން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިހެން ވިދާޅުވީ އޭނާ މީގެ އިރުކޮޅެން ކުރީން ލިޔުއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.

އުމަރު ވިދާޅުވެފައިވާ ގޮތުގައި، ގައުމު ދެކެ ލޯބިވާ މީހުން ސިޔާސީ މަސައްކަތަށް ނުނިކުމެއްޖެ ނަމަ، ބޮޑެތި މިލިޓަރީ ބާރުތަކުން މި ސަރުކާރުގެ މައްޗަށް ނުފޫޒު ހިންގައި މި ގައުމުގެ އަމިއްލަވަންތަކަން ގެއްލިދާނެ އެވެ.

"މިއީ ޖަޒީރާ ރާއްޖެއެއް ނޫން. މިއީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ފަޚުރުވެރި މިނިވަން ދިވެހިރާއްޖެ. އެ މިނިވަންކަމުގެ ތަންކޮޅެއްވެސް ދޫނުކުރާނަން." އުމަރުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟