ބޮލީވުޑް

ތަގްސް އޮފް ހިންދުސްތާން ފެއިލް ވުމުގެ ޒިންމާ ނަގަން: އާމިރު

އަމީތާބް ބަޗަން، އާމިރު ޚާން އަދި ކެޓްރީނާ ކައިފްގެ ފިލްމް "ތަގްސް އޮފް ހިންދުސްތާން" އަށް ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.

ފިލްމާ ދޭތެރޭ މީހުންގެ އުންމީދު ބޮޑުވި ނަމަވެސް، ދެ އަހަރު ދުވަހުގެ މި މަސައްކަތް ފިލްމުތަކުގެ ކްރިޓިކްސް ދޭ މީހުނާ ފިލްމް ބެލި މީހުންނަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ކަމަކު ނުދިޔައެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ފިލްމް އެކްޒެބިޓް ކުރި ފަރާތްތަކުން އޭގެ ރިފަންޑް ހޯދުމަށްވެސް ވަނީ މިހާރު އެދިފައެވެ.

މިކަމާ ގުޅިގެން އާމިރުގެ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ. އެ ވީޑިއޯގައި އާމިރު ވަނީ، ފިލްމުގައި ކޮންމެވެސް މިސްޓޭކެއް ހެދިފައި ވާކަމަށް ގަބޫލުކޮށް އޭގެ ފުރިހަމަ ޒިންމާ ނަގާ ކަމަށް ބުނެފައެވެ.

އާމިރު ގެ ވީޑިއޯގައި ފިލްމް ބެލި އަދި އެއާ ދޭތެރޭ ހިތްހަމަ ޖެހުނު މީހުނަށް ވަނީ ޝުކުރު އަދާކޮށްފައެވެ. އާމިރު ބުނި ގޮތުގައި ފިލްމާ ދޭތެރޭ ހިތްހަމަޖެހުނީ ވަރަށް މަދު ބައެއް ކަމަށެވެ. ފިލްމްގައި ވަރަށް ބުރަ މަސައްކަތް ކުރި ކަމަށް ބުނެ އާމިރު އިތުރަށް ފާހަގަ ކުރީ، ގިނަ ބަޔެއްގެ އުންމީދަށް ވާސިލް ނުވެވުމުން އޭގެ ޒިންމާ ނަގާ ކަމަށާއި، އެކަމާ ދޭތެރޭ ވަރަށް ބޮޑަށް ދެރަވާކަމަށެވެ.