ކުޅިވަރު

19 އަހަރުންދަށުގެ ކްރިކެޓް މުބާރާތް ބާއްވަން އިއުލާނުކޮށްފި

އައިދާ އަބްދުލް ހަކީމް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ހަތަރު ވަނަ ޕްރެޒިޑެންޓްސް ކަޕް މުބާރާތް ބާއްވަން އިއުލާނުކޮށް ކޮށްފިއެވެ.

ކުރިކެޓް ބޯޑުން މުބާރާތް ބޭއްވުމަށް އިއުލާނު ކުރިއިރު، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް(ކޮވިޑް19) ރާއްޖެއަށް އައުމުގެ ފުރުސަތު އޮތުމުން މީހުން އެއްވެ އުޅޭ ހަރަކާތްތައް ވަގުތީގޮތުން މަޑުޖައްސާލުމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ(އެޗްޕީއޭ)އިން ވަނީ އިލްތިމާސްކޮށްފައެވެ.

ކްރިކެޓް ބޯޑުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 19 އަހަރުން ދަށުގެ މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 8 އިން 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މުބާރާތުގައި ކުޅޭނީ 50 އޯވަރުގެ މެޗުތަކެއް ކަމަށެވެ.

ކްރިކެޓް ބޯޑުން ބުނީ މިމުބާރާތުގައި ޓީމުތަކަށް ކުދިން ހޮވާނީ އެބޯޑުން ކަމަށެވެ. އަދި ހުރިހާ ކްލަބްތަކަށް ހަމަހަމަވާ ގޮތަށް ޓީމުތައް ބަހާނެ ކަމަށާއި އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ ހަތް ވަނަ ދުވަހުގެ 13:00 ގެ ކުރިން ކްރިކެޓް ބޯޑަށް ހުށަހަޅަން އެދޭ ކަމަށެވެ. މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 7970044 ނަންބަރަށް ގުޅުމަށް އެދޭ ކަމަށް ވެސް ކްރިކެޓް ބޯޑުން އެދިފައި ވެއެވެ.