ޖުމްހޫރީ ޕާޓީ

އަބުޅޯއާއި އަމީތު ޖޭޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ)އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

އެ ދެ މެމްބަރުން ޖޭޕީއަށް ސޮއިކުރީ މިރޭ މ. ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

އަބުޅޯއާއި އަމީތުގެ އިތުރުން ވެސް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް އިސް ބޭފުޅުން ވަނީ ޖޭޕީއަށް ސޮއިކުރައްވައިފައެވެ. އޭގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީއާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީނާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ދަނގެތީ ދާއިރާގެ މެންބަރު އަހުމަދު އިލްހާމް އާއި ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން އަދި މާވަށު ދާއިރާގެ މެންބަރު އަހުމަދު އަޒްހާން ފާހަގަކޮށްލެވެއެވެ.

މިރޭ ޖޭޕީއަށް ސޮއިކުރެއްވި އަބުޅޯއާއި އަމީތަކީ ގޮނޑި މައްސަލަ ޖެހުނު 12 މެމްބަރުންގެ ތެރޭގައި ހިމެނުނު ދެ މެމްބަރުންނެވެ.