ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރަކަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު އިންތިހާބުކޮށް ނައިބް މުގައްރިރަކަށް ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އިންތިހާބު ކުރައްވައިފި އެވެ.
މިއަދު އެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އިންތިހާބު ކުރެއްވީ މީޑިއާ ނުވައްދައެވެ. އެހެންކަމުން ވޯޓުލީ ގޮތުގެ ތަފްސީލެއް ނުލިބެއެވެ.
އެ ކޮމިޓީގެ ރައީސް ކަމަށް މިއަދު ރިޔާޒް އިންތިހާބު ކުރެއްވި އިރު އެ ކޮމިޓީގެ މުގައްރިރު ކަމަށް ކުރީންވެސް އިންނެވީ އޭނާއެވެ.
ރިޔާޒު އާއި މުހައްމަދު އިސްމާއިލް އާދި އިބްރާހިމް ޝަރީފްގެ އާއި ވައްޑޭގެ އިތުރުން ދެން އެ ކޮމެޓީގައި ތިއްބަވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާޙިދު، ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އައްސަދު، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ.