އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަންހެން ދަރިކަނބަލުން އިވަންކާ ޓްރަމްޕް ވަނީ ބައްޕާފުޅު ދާދި ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.
އިންޑިއާގައި ހުންނަ ދުނިޔޭގެ ހަތް އަޖައިބުން ކުރެ އެއް އަޖައިބު ކަމަށްވާ ތާޖް މަހަލްއަށް ކުރެއްވި ޒިޔާރަތުގައި ނެންގެވި އިވަންކާގެ ފޮޓޯ މީސް މީޑިއާއަށް އައުމާއެކު ބަތަލު އަދި ލަވަކިޔުން ތެރިޔާ ދިލްޖިތު ދޮސާންޖް މިވަނީ އެ ފޮޓޯ ޕޮޓޯޝޮޕް ކޮށްފައެވެ.
އިވަންކާގެ ފޮޓޯ ދިލްޖިތު ވަނީ އޭނާއާއެކު އިވަންކާ އިންނަ ކަމަށް ދައްކާ ގޮތަށް އެޑިޓްކޮށްފައެވެ. އެ ފޮޓޯ ދިލްޖިތު ހިއްސާކުރީ އިންސްޓަގްރާމުގައެވެ.
އެ ފޮޓޯ ވަނީ އެތައް ބައެއްގެ ސަމާލުކަމަށް އައިސްފައެވެ. އަދި ގިނަ ބަޔަކަށް ވަނީ އެއީ މަޖާ ކަމަކަށް ވެފަ އެވެ.
އިވަންކާވެސް ވަނީ ފޮޓޯއަށް ކޮމެންޓް ކުރައްވައިފައެވެ. އިވަންކާގެ ކޮމެންޓުގައި މަޖަލަކަށް ހައްދަވައި ވިދާޅުވެފައި ވަނީ ތާޖްމަހަލްއަށް އޭނާ ގެންދެވިކަމަށް ޓަކައި ދިލްޖިތަށް ޝުކުރު އަދާކުރައްވާފައެވެ.