ވިޔަފާރި

އުރީދޫން ސެމްސަން ގެލެކްސީ އެސް 20 އަދި އެސް 20+ ގެ ޕްރީއޯޑަރަށް ހުޅުވާލައިފި

ސެމްސަންގެ އެންމެ ފަހުގެ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ޕްރީއޯޑަރު ކުރުމަށް ރާއްޖޭގައި ހުޅުވާލައި ފޯނު ގަތުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ ޕްލޭންތަކެއް އުރީދޫން ތައާރަފްކޮށްފިއެވެ.

މީގެ ތެރޭގައި އެންމެ ކުޑަ އަގެއްގެ ގޮތުގައި މަހަކު އެންމެ 1058.33 ރުފިޔާ ދެއްކެވުމަށްފަހު، އެންމެފަހުގެ ސެމްސަންގް ގެލެކްސީ އެސް 20 ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ހިމެނެއެވެ.

އުރީދޫން ބުނީ، މި އޮފާގެ ތެރެއިން ބައްލަވައިގަންނަވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20 ސީރީޒްގެ ފޯނަކާއެކު، ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާ މިއަހަރުގެ ނިޔަލަށް ލިބިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން ޕްރީ އޯޑަރު ކުރައްވައި ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާއެކު ގެލެކްސީ ބަޑްސް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ވަނީ ގެލެކްސީ އެސް 20 އަދި ގެލެކްސީ އެސް 20+ ގަތުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ ޕޭމަންޓް ޕްލޭންތަކެއް ތައާރަފްކޮށްފައެވެ.

އެގޮތުން ފުލް ޕޭމަންޓް ޕްލޭންގެ ދަށުން އުރީދޫ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސެމްސަން ގެލެކްސީ އެސް 20ގެ 128 ޖީބީގެ ފޯނު 15499 ރުފިޔާއަށް އަދި ގެލެކްސީ އެސް 20+ގެ 128 ޖީބީގެ ފޯނު 17199 ރުފިޔާއަށް ގަނެވޭނެއެވެ.

އޭގެ އިތުރުން އެ ޕެކޭޖުގެ ދަށުން މަހަކު 2020 އެމްބީ ޑޭޓާ މިއަހަރުގެ ނިޔަލަށް ހިލޭ ލިބިގެންދާނެއެވެ.

މަހުން މަހަށް ދައްކާ ޕްލޭންގެ ދަށުން ކޮންމެ މަހަކު 1058.33 ރުފިޔާ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައިގެން ސެމްސަން ގެލެކްސީ އެސް 20 ގަނެވޭނެއެވެ. މި ޕްލޭންގެ ދަށުން ވެސް ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާގެ އިތުރުން އީސިމް އަށް ހިލޭ އަޕްގުރޭޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫން ބުނީ، އެ ކުންފުނީގެ އެޕްގައި ހިމެނޭ އުރީދޫގެ އީކޮމާސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީއާއެކު ސެމްސަންގް ގެލެކްސީގެ މި އާ ޑިވައިސްތަކަށް ޕްރީ އޯޑަރު ކުރެއްވޭނެ ކަމަށެވެ.