އަލީ ޔާމިން
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ އިރު، ވެރިކަން ކުރާ މައި ޕާޓީން 876 އަދި އިދިކޮޅު ޕީޕީއެމް އާއި އެހެން ހުރިހާ ޕާޓީތަކުން އިތުރު 879 ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން 680 ކެންޑިޑޭޓުން މި އިންތިހާބަށް ކުރިމަތިލައިފި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުކުމަށް ޖުމުލަ 2435 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައި ވާ އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކުރިމަތިލާފައި ވަނީ 1817 ކެންޑިޑޭޓުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ދެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތަކުގެ ސައްހަކަން ކަނޑައަޅައި ނިމިފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކަށް ކުރިމަތިލީ ގޮތް:
އެމްޑީފީ - 876 ކެނޑިޑޭޓުން.
ޕީޕީއެމް - 679 ކެނޑިޑޭޓުން.
ޖޭޕީ - 127 ކެނޑިޑޭޓުން.
އަދާލަތު - 30 ކެނޑިޑޭޓުން.
އެމްޑީއޭ - 22 ކެނޑިޑޭޓުން.
އެމްއާރްއެމް - 16 ކެނޑިޑޭޓުން.
އެމްއެސްއެލްޑީޕީ - 4 ކެނޑިޑޭޓުން.
ޑީއާރުޕީ - 1 ކެނޑިޑޭޓުން.
އަމިއްލަ ހައިސިއްޔަތުން - 680 ކެނޑިޑޭޓުން.
ކައުންސިލް އިންތިހާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން 12 ރަށަކުން 15 ކެނޑިޑޭޓަކަށް މިހާރުވެސް ވަނީ ގޮނޑި ކަށަވަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 13 ކެންޑިޑޭޓަކާ އަމިއްލަ ގޮތުން ކުރިމަތިލި ދެ ކެންޑިޑޭކެވެ.
އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް ކުރިމަތިލީ ގޮތް:
އެމްޑީފީ - 722 ކެނޑިޑޭޓުން.
ޕީޕީއެމް - 517 ކެނޑިޑޭޓުން.
ޖޭޕީ - 56 ކެނޑިޑޭޓުން.
އަދާލަތު - 25 ކެނޑިޑޭޓުން.
އެމްޑީއޭ - 20 ކެނޑިޑޭޓުން.
އެމްއާރްއެމް - 4 ކެނޑިޑޭޓުން.
އަމިލަ ހައިސިއްޔަތުން - 473 ކެނޑިޑޭޓުންނެވެ.
އިލެކްޝަނަކާ ނުލައި 22 ރަށެއްގެ އަންހެނުންގެ ކޮމެޓީގެ މެންބަރުން ކަށަވަރުވެފައި ވާއިރު މުއްދަތު ހަމަވިއިރު، ތިން ރަށެއްގެ ކޮމެޓީތަކަށް ގާނޫނުގައި ބުނާ އަދަދަށް މީހުން ކުރިމަތިލާފައެއް ނުވެއެވެ.