ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަތަރު ވަނަ އިންތިހާބު މިއަންނަ މަހުގެ 28 ވާ ހޮނިހުރި ދުވަހު ބާވަން ހަމަޖައްސައިފިއެވެ.
ސްވިމިން އެސޯސިއޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މި އިންތިހާބުގައި ވާދަކުރަން އެދޭ ފަރާތްތަކަށާއި މެންބަރުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އިންތިހާބީ ޖަލްސާ އޮންނާނެ ވަގުތާއި ތަން ފަހުން އިއުލާނު ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އިންތިހާބުގެ ގަވާއިދާއި ފޯމުތައް އެސޯސިއޭޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.
ފަހަކަށް އައިސް ރާއްޖޭގެ ފެތުންތެރިން އަންނަނީ ބައިނަލް އަގުވާމީ މުބާރާތްތަކުން ރާއްޖެއަށް ރީތިނަން ހޯދައިދެމުންނެވެ.