މި ހަފްތާ ތެރޭ ނުކުންނަން ހަމަޖެހިފައިވާ ފިލްމް 2.0 ގެ މަސައްކަތް އެކީ ނިމިފައިވާ ކަމަށް ފިލްމްގެ ޓީމުން ވަނީ ބުނެފައެވެ. ފިލްމަކީ ޑައިރެކްޓަރު ޝަންކާރު 2010 ވަނަ އަހަރު ނެރުނު ފިލްމް "ރޮބާޓް" ގެ ސީކުއިލް އެކެވެ. ފިލްމްގެ ހިންދީ ވާރޝަން ހަދަނީ ކަރަން ޖޯހަރު އެވެ.
މި ހޮނިހިރު ދުވަހު ފިލްމްގެ ޓީމުން މިވަނީ ފިލްމްގައި ހިމެނޭ އާ ލަވައެއް އާންމުންނަށް ރިލީސްކޮށްފައެވެެ. "ތޫ ހީ ރޭ" ރިލީސް ކުރުމަށް ފިލްމްގައި ލީޑް ރޯލު ކުޅޭ އަކްޝޭ ކުމާރު އާއި ޑައިރެކްޓަރު ޝަންކަރު އަދި ކަރަން ޖޯހަރު ބައިވެރިވި އެވެ.
ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ ޝަންކަރު ގެ 2.0 އޭނާއަށް ވަރަށް ކަމުދާ ކަމަށާއި މިއީ ކުރެވުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ. އަދި ފިލްމްގައި ބައިވެރި ވެވުނީތީ އުފާކުރާ ކަމަށްވެސް ކަރަން ވަނީ ބުނެފައެވެ.
ފިލްމް 2.0 އަކީ ބޮލީވުޑްގެ ސުޕާ ސްޓާރުން ކަމަށްވާ ރަޖްނީކާންތް އަދި އަކްޝޭ ކުމާރު އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ. ޝަންކަރު ވަނީ އަކްޝޭ ފިލްމްގައި އަދާކުރި ދައުރަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. ޝަންކަރު ބުނި ގޮތުގައި، އަކްޝޭ ފިލްމް ޝޫޓިންގައި ގެންގުޅުނު ޑިސިޕްލިންއާއި ޕާފޯމަންސް އަދި ކޮމިޓްމަންޓް އާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހި އުފާ ކުރާ ކަމަށެވެ.
ޝަންކަރުގެ ތައުރީފަށް އަކްޝޭ ވަނީ ފުރަތަމަ ދުވަހުން ފެށިގެންވެސް ޝަންކަރުގެ ފަރާތުން ވަރަށް ބޮޑު އެއްޗެއް ދަސްވި ކަމަށް ބުނޭ ކުރެވުނީ ވަރަށް "އެމޭޒިން" ތަޖުރިބާ އެއް ކަމަށް ބުނެފައެވެ.
ރޮބާޓް 2.0 ޕްރޮޑިއުސް ކުރީ ސުބާސްކަރަން އަދި ލައިކާ ޕްރޮޑަކްޝަނުންނެވެ. ފިލްމް ރިލީސް ކުރާނީ ނޮވެމްބަރު މަހު 29 ވަނަ ދުވަހުއެވެ. ފިލްމް 2ޑީ އަދި 3ޑީ ކޮށްވެސް ރިލީސް ކުރާނެއެވެ.