ރައްޔިތުންގެ މަޖިލިސް

ވަޒީރުންނަށް ރުހުން ދިނުމަށް ކޮމިޓީއަށް ފޮނުވައިފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން އެކަން ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމެޓީ އަށް ފޮނުވައިފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނަށް އައްޔަން ކުރެއްވި 19 ބޭފުޅުންނާއި ބަންޑާރަ ނައިބުގެ ނަން ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓް އިއުލާން ކުރައްވާފައިވަނީ އެމަނިކުފާނު ހުވާކުރެއްވި ދުވަހުގައެވެ. އެ ރޭގައި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންނާއި ބަންޑާރަ ނައިބުން ވަނީ ހުވާކުރައްވާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ތިރީގައި އެވަނީއެވެ.

1. އަބްދުﷲ ޝާހިދު - މިނިސްޓަރ އޮފް ފޮރިން އެފެއާޒް

2. މާރިޔާ އަހުމަދު ދީދީ - މިނިސްޓަރ އޮފް ޑިފެންސް

3. އިމްރާން އަބްދުﷲ - މިނިސްޓަރ އޮފް ހޯމް އެފެއަޒް

4. އިބްރާހީމް އަމީރު - މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

5. ޑރ. އިބްރާހީމް ހަސަން - މިނިސްޓަރ އޮފް ހަޔަ އެޑިޔުކޭޝަން

6. މުހައްމަދު އަސްލަމް - މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ

7. މުހައްމަދު މަލީހު ޖަމާލު - މިނިސްޓަރ އޮފް ކޮމިޔުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ

8. އަބްދުﷲ އަމީން - މިނިސްޓަރ އޮފް ހެލްތް

9. ޑރ. އާއިޝަތު އަލީ - މިނިސްޓަރ އޮފް އެޑިޔުކޭޝަން

10. އިބްރާހީމް ރިފްއަތު - އެޓާނީ ޖެނެރަލް

11. އަލީ ވަހީދު - މިނިސްޓަރ އޮފް ޓޫރިޒަމް

12. ފައްޔާޒް އިސްމާއީލް - މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

13. ޒަހާ ވަހީދު - މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

14. ޑރ. އަހުމަދު ޒާހިރު - މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް

15. އައިމިނަތު އާތިފާ - މިނިސްޓަރ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް

16. އަހުމަދު މަޚުލޫފް - މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް

17. ޝިދާތާ ޝަރީފު - މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސެސް

18. އާއިޝަތު ނަހުލާ - މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

19. ޑރ. ހުސެއިން ރަޝީދު - މިނިސްޓަރ އޮފް އެންވަޔަރަންމެންޓް

20. ޔުމްނާ މައުމޫން - މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް